ރާއްޖެ
ފުވައްމުލަކު ދެ ދަރިވަރަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
- 11 hrs ago
17th Atoll Inter School Athletics Countdown |
|||||
Days |
Hours |
Minutes |
Seconds |
||
ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް އައިސް ދޫކުރުމަށް އަމާޒުކޮށް 2007ވަނަ އަހަރު އައްޑޫގައި ވަރުގަދަ އައިސް ޕްލާންޓެއް ހުޅުވި އެވެ. ނަމަވެސް ހިތަދޫ ބަނދަރުމަތީގައި އެ ޕްލާންޓުގެ ހުޅުވިތާ މާ ގިނަ ދުވަހެއްނުވެ އެތަނުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
މިފްކޯ އިން ބޮޑު އިންވެސްޓްމަންޓެއްކޮށްގެން ހިތަދޫގައި ގާއިމުކުރި އައިސް ޕްލާންޓް ހުޅުވައި، މަސްވެރިންނަށް އެކަށީގެންވާ އަގެއްގައި އައިސް ފޯރުކޮށްދޭން ފެށުމުން އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށްވި އެވެ. އޭރު އައިސް ގަންނަން މި ސަރަހައްދުގެ މަސްވެރިން ކުރަން ޖެހުނު ދިގު ދަތުރުތަކާއި ކުރަން ޖެހުނު ހޭދަ، ހިތަދޫގައި ގާއިމުކުރި އައިސް ޕްލާންޓުގެ ސަބަބުން ވަރަށް ބޮޑަށް ކުޑަވެގެން ދިޔަ އެވެ.
އެހެންވެ މަސްވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އަދި މަސްވެރިންނަށް ފަސޭހަ އިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ މަސްވެރިން ބާނާ މަހުގެ ކޮލިޓީ ރަނގަޅުވެ، މަސްވެރިންގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް އައި ކަމެކެވެ.